ކުރެންދޫކައުންސިލްއިދާރާ އާއި ނާދިޔާސްކިޗަން ގުޅިގެން ކުރެންދޫގައި ޕޭސްޓްރީކޯހެއް ހިންގައިފި.

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ އާއި ނާދިޔާސްކިޗަން ގުޅިގެން ކުރެންދޫގައި ޕޭސްޓްރީކޯހެއް ހިންގައިފިއެވެ. މިކޯހުގައި ކިޔަވައިދެއްވީ ކެއްކުމުގެ ދާއިރާގައި، ރާއްޖޭގައި މަޤުބޫލު ފަރާތެއްކަމުގައިވާ، އަލްފާޟިލާ ނާދިޔާ އަލިމަނިކެވެ.

މިކޯސް ކުރިއަށްގެންގޮސްފައިވަނީ 15 މާރިޗް 2019 ން 22 މާރިޗް 2019ގެ ނިޔަލަށެވެ. މިކޯހުގައި ކުރެންދޫގެ 30 ކަނބަލުން ބައިވެރިވެލެއްވިއެވެ. މިކޯހުގައި 22 ވައްތަރެއްގެ ކާނާ ތައްޔާރުކުރާނެގޮތްވަނީ ދަސްކޮށްދެއްވާފައެވެ.

މިފަދަ ކޯހެއް ހިންގުމުގެ މަޤްޞަދަކީ ކަނބަލުން އިޤްތިޞާދީގޮތުން ބާރުވެރިކުރުމަށްޓަކައި، ގޭގައި ތިބެގެން ޢާމްދަނީ ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކުގެ ހުނަރު ދަސްކޮށްދިނުމެވެ. އަދި މިއީ ކުރެންދޫ ކައުންސިލްގެ 2019 ވަނަ އަހަރުގެ މަސައްކަތު ތަވާލުގައި ހިމާނައިގެން ހިންގާ ހަރަކާތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *