ކުރެންދޫ ކައުންސިލްގެ “އަރުތަ މުނާޞަބު 2017” ފާހަގަކޮށްފި

ކުރެންދޫ ކައުންސިލަށް 2017 ވަނަ އަހަރުގެ ޕާރފޯމަންސް އިންޑެކްސްއިން ފާދިއްޕޮޅުން އެއްވަނަ އާއި މުޅި ރާއްޖެއިން އަށްވަނަ އަދި 2016 ވަނަ އަހަރާއި އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހާޞިލްކުރި 03 ވަނަ ކައުންސިލް ލިބުމާއި ގުޅިގެން، މިކާމިޔާބީ ޙާޞިލްކުރުމަށް ކުރެންދޫ ކައުންސިލަށް އެހީތެރިކަން ދެއްވި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް “އަރުތަ މުނާސަބު 2017” ރަސްމިއްޔާތެއް ބާއްވާފިއެވެ.

މި ރަސްމިއްޔާތުގައި 2017 ވަނަ އަހަރު ކައުންސިލަށް އެހީތެރިކަން ފޯރުކޮށް ދެއްވި ފަރާތްތަށް، 03 ގިންތިއަކަށް ބަހާލައިގެން އިނާމް ދެއްވާފައިވެއެވެ. މި ގޮތުން އުއްތަމަ މަދަދުގާރު ޝަރަފުގެ އެވޯރޑްދެއްވާފައިވަނީ ވަކި ޢަދަދަކަށްވުރެ މަތިން މާލީ،ފަންނީ އަދި ޖިސްމާނީ އެހީތެރިކަން ކައުންސިލަށް ފޯރުކޮށްދެއްވި ފަރާތްތަކަށެވެ. އާނަންދަ މަދަދުގާރުގެ ޝަރަފުގެ އެވޯރޑް ދެއްވާފައިވަނީ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށެވެ. މުޙްތަރަމް މަދަދުގާރު ޝަރަފުގެ ފަތް ދެއްވާފައިވަނީ ކައުންސިލްގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ އެކި އެކި ހަރާކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށެވެ.  އެވޯރޑް ލިބިލެއްވި ފަރާތްތަކަކީ

އުއްތަމަ މަދަދުގާރު ޝަރަފުގެ އެވޯރޑް

  1. އަލްފާޟިލް މުޙައްމަދު ޔަޢުޤޫބު /ދަފްތަރު ނަންބަރު ރސ 771
  2. ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް
  3. އަލްފާޟިލް އަޙްމަދު މުޖާހު މުޙައްމަދު /މ.މެދުފަޅު
  4. އަލްފާޟިލް ހުސައިން އިބްރާހީމް / ފޮނިލިބޯގެ، ޅ.ކުރެންދޫ
  5. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
  6. ކުރިމަގު ފައުންޑޭޝަން
  7. މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް
  8. ތިލަފުށި ކޯޕަރޭޝަން
  9. ދިވެހިރާއްޖޭގެ ގުޅުން

އާނަންދަ މަދަދުގާރު ޝަރަފުގެ އެވޯރޑް

  1. އަލްފާޟިލް އަޙްމަދު އިބްރާހީމް/ ސުހާނީ، ޅ.ކުރެންދޫ
  2. އަލްފާޟިލް މުޙައްމަދު ޙަމީދު/ ޔާގޫތުގެ، ޅ.ކުރެންދޫ
  3. އަލްފާޟީލް ޢަބްދުލްޤައްޔޫމް ޢަބްދުﷲ/ އަބްޙަރުގެ، ޅ.ކުރެންދޫ
  4. މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް/ ޅ.މާފިލާފުށި
  5. އަލްފާޟިލް ޢަބްދުﷲ މުޙައްމަދު/ ނޫރާނީގެ، ޅ.ކުރެންދޫ
  6. އަލްފާޟިލް ޢާދަމް ތައުފީޤް/ އަލިވިލާގެ، ޅ.ކުރެންދޫ
  7. އަލްފާޟިލް ޢަބްދުﷲ އިބްރާހީމް/ ހުޅުމާލެގޯތި 10598
  8. އަލްފާޟިލް ޢަބްދުލްޣަނީ ޢަބްދުލްޙަކީމް/ ދޭލިޔާގެ، ޅ.ކުރެންދޫ
  9. އަލްފާޟިލް މުޙައްމަދު މާހިރު/ އެދުރުގެ، ޅ.ކުރެންދޫ
  10. އަލްފާޟިލް މުޙައްމަދު އަބޫބަކުރު/ ބުލޫސްޓަރ، ޅ.ކުރެންދޫ
  11. މުނިއެންޓަޕްރައިސަސް ޕަރައިވެޓް ލިމިޓެޑް

މުޙަތަރަމް މަދަދުގާރު ޝަރަފުގެ ފަތް

  1. ކުރެންދޫ ޑިވެލޮޕްމަންޓް ކްލަބް
  2. ފާދިއްޕޮޅު ކުރެންދޫ ޞިއްޚީމަރުކަޒު
  3. ފާދިއްޕޮޅު ކުރެންދޫ ޕޮލިސް ސްޓޭޝަން
  4. ފެނަކަ ކޯޕަރޭޝަން ކުރެންދޫ ބްރާންޗް
  5. އަލްފާޟިލް ޢަބްދުﷲ އަޙްމަދު/ ވީލްހައުސް، ޅ.ކުރެންދޫ
  6. ޅ.އަތޮޅު މަދަރުސާ
  7. އަލްފާޟިލް އަޙްމަދު މޫސާ/ މ.ހަރި
  8. އަލްފާޟިލް ޢަބްދުލް ބާރީ ޢަބްދުﷲ/ ފީރޯޒްގެ، ޅ.ކުރެންދޫ
  9. އަލްފާޟިލް ޢަބްދުﷲ އިބްރާހީމް/ ނާރެސް، ޅ.ކުރެންދޫ
  10. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ
  11. ކްލެވަރބޯއީސް ފުޓްބޯލް ކްލަބް
  12. ކްލަބް ކުރެންދޫ
  13. ކްލަބްކުރެންދޫ ނިޔުޖަނަރޭޝަން
  14. ޒިފިއަސް ޔޫތް ޒެސްޓް
  15. ޒިފިއަސް
  16. ހަފްސީ ސްޕޯރޓްސް ކްލަބް
  17. ފައުނާ ސްޕޯރޓްސް ކްލަބް
  18. ކުއެނާ ސްޕޯރޓްސް ކްލަބް
  19. ރަކާ ސްޕޯރޓްސް ކްލަބް
  20. ފްރެންޑްސް އެންޑް ރެކްރިއޭޝަން ކްލަބް
  21. އަލްފާޟިލާ ޙަފީޒާ ޢަބްދުއްރަޙްމާން/ ސަވޭރާ، ޅ.ކުރެންދޫ
  22. އަލްފާޟިލް ޢަބްދުﷲ ޙުސައިން/ ގުލިސްތާނުގެ، ޅ.ކުރެންދޫ
  23. އަލްފާޟިލް މުޙައްމަދު ޙުސައިން/ ނަޞްރު، ޅ.ކުރެންދޫ
  24. ވިންޓަރ ދޯނި
  25. އަލިވިލާ މާރޓް
  26. އަލްފާޟިލް މުޙައްމަދު އިބްރާޙީމް/ މަޢާލް، ޅ.ކުރެންދޫ
  27. އަލްފާޟިލް ޢަބްދުﷲ މާޖިދު/ އުޝާ، ޅ.ކުރެންދޫ
  28. އަލްފާޟިލް މުޙައްމަދު ރިޔާޟް/ ސޫރަޖު، ޅ.ކުރެންދޫ
  29. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
  30. އަލްފާޟިލް މުޙައްމަދު ވިޝާމް/ ސަވޭރާ، ޅ.ކުރެންދޫ
  31. ފާދިއްޕޮޅު ހިންނަވަރު ޔޫތް ސެންޓަރު
  32. ފާދިއްޕޮޅު ކުރެންދޫ ޔޫތް ސެންޓަރ

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ކުރީގެ ރައީސް އަލްފާޟިލް އިބްރާހީމް މުޙައްމަދުކޮއިއެވެ. އެބޭފުޅާއަކީ ކުރެންދޫ ކައުންސިލްގެ ފުރަތަމަ ކައުންސިލަރ އަދި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ނައިބުރައީސްކަން ކުރައްވާ ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *