ޅ.އަތޮޅު މަދަރުސާގެ ކަބްސްކައުޓް ދަރިވަރުންގެ ފަރާތުން ކުރެންދޫގެ މިސްކިތްތަކަށް ފެނާއި ކަދުރު ހަދިޔާކޮށްފި

ޅ. އަތޮޅު މަދަރުސާގެ ކަބްސްކައުޓް ދަރިވަރުންގެ ފަރާތުން، ކުރެންދޫގެ މިސްކިތްތަކަށް ފެނާއި ކަދުރު ޙަދިޔާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރުފަހު 02:30ގައި ކައުންސިލް އިދާރާގެ ދޮރުމަތީގައެވެ. މި ރަސްމިއްޔާތުގައި މަދަރުސާގެ ކަބްސްކައުޓް ދަރިވަރުންނާއި، ކަބްސްކައުޓް ލީޑަރުންނާއި، ކައުންސިލްގެ ރައީސް، ނައިބުރައީސް އަދި ޒިންމާދާރުވެރިޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ޅ.އަތޮޅު މަދަރުސާގެ ކަބްސްކައުޓް ދަރިވަރުން ބޭއްވި ފަންޑް ހޯދުމުގެ ހަރަކާތް “ކަޕްކޭކް ދުވަސް” ން ލިބުނު -/5000 (ފަސްހާސް) ރުފިޔާގެތެރެއިން އެއްބައިވަނީ ކުރެންދޫގެ މިސްތްތަކަށް ފެނާއި ކަދުރުގެ ގޮތުގައި ހަދިޔާކޮށްފިއެވެ. އަދި ބާކީ ފައިސާ ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކުގައި އެކި މިސްކިތްތަކުގައި ޞަދަޤާތްކުރާގޮތަށް ވަނީ ހަމަޖެހިފައިކަމުގައި ސްކައުޓްލީޑަރ ޢާއިޝަތު ޝަހުލާ މަޢުލޫމާތު ދެއްވިއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ކަބްސްކައުޓް ދަރިވަރުން ފާހަގަކުރި ކަޕްކޭކް ދުވަހުގެ ޙަރަކާތުގައި 33 ކަބްސްކައުޓުންނާއި 3 ކަބްސްކައުޓް ލީޑަރުން ބައިވެރިވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *