ހަބަޝީ ޕްރީސްކޫލްގެ ދަރިވަރުން މަސައްކަތްތެރިންގެ ދުވަސް ފާހަގަކޮށްފި

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެދުވަސް ފާހަގަކުރުމުގެ ގޮތުން ހަބްޝީ ޕްރީސްކޫލްގެ ދަރިވަރުންވަނީ ކުރެންދޫގެ މުވައްސަސާތަކަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި މުވައްސަސާތުގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ދިނުމާއި،، މަސައްކަތުގެ މާހައުލު ދަރިވަރުންނަށް ދައްކާލުން އޮތެވެ. މިގޮތުން ޒިޔާރަތްކޮށްފައިވަނީ ކުރެންދޫ ކައުންސިލްގެ އިދާރާ، ޅ.އަތޮޅު މަދަރުސާ، ކުރެންދޫ ޞިއްޚީ މަރުކަޒު،ކުރެންދޫ ޕޮލިސް ސްޓޭޝަންގެ އިތުރުން ފެނަކަ ކުރެންދޫ އިންޖީނުގެއަށެވެ. މި މުވައްސަސާތަކުން ދަރިވަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފަވެއެވެ.

މި ހަރަކާތުގައި ޕްރީސްކޫލްގެ ދަރިވަރުން ބައިވެރިވެފައިވަނީ އެދަރިވަރުން ކުރާ ހިތްވާ މަސައްކަތާއިގުޅޭ ޔުނީފޯމްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *